ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެންބުރި ފުރާވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ސްރީލަންކާގެ ކޮލޮމްބޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މައިތިރިޕަލަ ސިރިސެނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ އާއި ބައްދަލުކުރައްވާފައިވެއެވެ.

އަދި އޭގެ ކުރިން ބޭރުގެ ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި، އެމް.ޑީ.ޕީގެ އިސްފަރާތްތަކާއި، ޤައުމީ މަޖިލިސްގެ މެމްބަރުންނާއި ކައުންސިލަރުންނާއި ބައްދަލުކުރައްވާފައިވެއެވެ.