މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޙައްސަ ޕެނެލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯ އާއެކު ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ހާއްސަ ޕެނެލެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު އެމެރިކާއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދުގެ އިތުރު މި ޕެނެލްގައި ބައިވެރިވެވަޑައިގަންނަވަނީ އެމެރިކާގެ ކުރީގެ ނަައިބު ރައީސް އަލް ގޯ އާއި މަޝްހޫރު ފިލެންތްރޮޕިސްޓެއްކަމުގައިވާ ޖެފް ސްކޮލް އާއި ފިލްމް ޕްރޮޑިއުސަރ ހެދަރ ރައި އާއި މަޝްހޫރު ތިމާވެށީގެ ސައިންސްވެރިޔާ ޑރ. ޑޭވިޑް ސުޒުކީއެވެ.

ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ޙަފްލާއަކީ އަލް ގޯގެ ތިމާވެށީގެ ޑޮކިއުމެންޓަރީ “އެން އިންކޮންވީނިއެންޓް ޓްރުތް” ގެ ދެވަނަ ބައި “އެން އިންކޮންވީނިއެންޓް ސީކުއެލް” އެމްރި މްޝްހޫރު ފިލްމް ފެސްޓިވަލް، ސަންޑާންސްގައި ޖަނަވަރީ 22 ވަނަ ދުވަހު އިފްތިތާޙްކުރުމުގެ ޙަފްލާއެވެ.

މިއަހަރުގެ ސަންޑާންސް ފިލްމް ފެސްޓިވަލްގައި ތިމާވެއްޓަށާއި ދުނިޔޭ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު 13 ފިލްމް އިފްތިތާޙް ކުރެވޭނެއެވެ. މިއަހަރުގެ ފެސްޓިވަލްގައި ދުނިޔޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކާއަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުންނާއި، ދުނިޔޭގެ އުފެދިފައިވާ އައިސް ގަނޑުތަކަށް އަންނަމުންދާ ބަދަލުތަކާއި، ޗައިނާގެ ކުޑަ ކުއްޖަކާއި އޭނާގެ އާއިލާ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ކުރާ މަސައްކަތްތަކާއި މިނޫންވެސް މިފަދަ އެތައް ބޮޑެތި ތިމާވެށީގެ މައްސަަލަތަކާ ގުޅޭ ގޮތުން ފާއިތުވީ އަހަރުގެ ތެރޭގައި އުފެއްދި މޮޅު ފިލްމުތައް ދައްކާލެވޭނެއެވެ.