އަންހެނުންގެ ރޫޙޫގެ ޙާއްސަ ޖަލްސާއެއް މިރޭ ހަރުގޭގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމް.ޑީ.ޕީ)ގެ އަންހެނުންގެ ރޫޙޫގެ ޙާއްސަ ޖަލްސާއެއް މިރޭ 22:00ގައި މާލޭ ހަރުގޭގައި އޮންނާނެއެވެ. 2017 ވަނަ އަހަރުގައި އަންހެނުންގެ ރޫޙުގެ ފަރާތުން ބާއްވާ މި ޖަލްސާގައި ތަފާތު އެކިއެކި ހަރަކާތްތަކެއް ފެނިގެންދާނެއެވެ.

މި ޖަލްސާގައި އަންހެނުންގެ ރޫޙުގެ ރައީސާގެ އިތުރުން ހީވާގި ހިންގުންތެރިންނާއި ޕާޓީގެ މެމްބަރުންވެސް ބައިވެރިވާނެއެވެ. މި ޖަލްސާއަށް ވީހާވެސް ގިނަ އަންހެން މެމްބަރުންނާއި އާންމު ރައްޔިތުން ވަޑައިގެންދެއްވުމަށް އަންހެނުންގެ ރޫޙުން އެދިލައްވައެވެ.