ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެއްބަސްވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެއްބަސްވެއްޖެ އެވެ. އެގޮތައް އިލެކްޝަންސް ކޮމިޝަނުން އެއްބަސްވެފައިވަނީ މިއަދު އެ ކޮމިޝަނުގައި ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްބި ޤައުމީ ލަފާދޭ ކޮމިޓީގައި ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާއިރު މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންވެސް އަލުން ކުރިމަތިލުމާމެދު ވާހަކަ ދެކެވުނެވެ. ނަމަވެސް އެމްޑީޕީން ވަނީ މިހާރު ތިބި ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތައް ހަމަ ޖެއްސުމަށް ދެކޮޅު ހަދާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ފެށޭ ހަފްތާ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚް އިޢުލާނު ކުރައްވާނެ ކަމަށްވެސް ބުނެފަ އެވެ.

ކައުންސިލް އިންތިހާބު ކުރިން ބާއްްވަން ހަމަ ޖައްސާފައި އޮތީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.