އެމްޔޫއޯގެ އިސް ވަފުދެއް ޓްވެންޑްރަމް އަށް ވަޑައިގަންނަވަނީ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ އިސް ވަފުދެއް އިންޑިޔާގެ ޓްވެންޑްރަމްއަށް ވަޑައިގެން އެތަނުގައި ތިބި ދިވެހިންނާ ބައްދަލު ކުރެއްވުމަށް ނިންމަވައިފި އެވެ.

މި ދަތުރުގައި އެމްޑީޕީގެ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެކި ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.
މި ބައްދަލުވުން އޮންނާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4.00 ން 600 އަށް ރޫބިއެރީނާ ގަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީއަށާއި އެމްޔޫއޯ އަށް ތާއިދު ކުރައްވާ ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް އެމްޑީޕީން އެދެ އެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާ ގޮތާއި އަދި އިންތިހާބާ ގުޅޭ މައުލޫމާތުތައް އެފާތްތަކަށް ދިނުމަށް ވަނީ ހަމަ ޖެހިފަ އެވެ.

އެމްޑީޕީން ގެންދަނީ ރާއްޖެއާ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނާ ބައްދަލުކޮށް ކައުންސިލް އިންތިހާބުގައި އެމްޔޫއޯގެ ފަރާތުން ކުރިމަތިލައްވާފައި ތިބި ބޭފުޅުންނަށް ވޯޓު ދިނުމަށް އެދި ކެމްޕެއިން ކުރަމުންނެވެ. މިއަދުގެ ސަރުކާރަށް ރައްޔިތުންގެ ނެތް ތާއީދު ކައުންސިލް އިންތިހާބުގައި ވޯޓު ދީގެން ދައްކާ ދިނުމަށް އެމްޑީޕީން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.