އެމްޑީޕީ ޗެއަރޕާސަންގެ މަޤާމުގެ އިންތިޚާބް 2017

މިޕާޓީގެ ޗެއަރޕާސަންގެ މަޤާމުގެ އިންތިޚާބް 05 ފެބްރުއަރީ 2017 ވާ އާދިއްތަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ކުރިމަތިލައްވަން އެދޭ މެންބަރުން 07 ޑިސެމްބަރު 2016 ވާ ބުދަ ދުވަހުން ފެށިގެން 14 ޑިސެމްބަރު 2016 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމާއި ތާއީދުފޯމް ހުށައެޅުއްވުން އެދެމެވެ.

އިންތިޚާބަށް ކުރިމަތިލުމަށްއެދޭފޯމާއި ތާއީދު ފޯމް މާދަމާއިން ފެށިގެން މިޕާޓީގެ ވެބްސައިޓުންނާއި ޕާޓީގެ އޮފީހުން ލިބެން ހުންނާނެއެވެ.

އެމްޑީޕީ ޗެއަރޕާސަންގެ މަޤާމުގެ އިންތިޚާބަށް ކުރިމަތިލާ ފޯމް

އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބް ތާއީދު ފޯމް ޕީޑީއެފް ފޯމެޓްގައި

7 ޑިސެމްބަރު 2016