ލާލޭ އިންޓަނެޝަނަލް ސްކޫލް ހިންގަމުން އައި ފަރީދިއްޔާ ސްކޫލް އަލުން ބިޑްކުރުމުގެ ކަންކަން ދިޔަ ގޮތާ ގުޅިގެން ބެލެނިވެރިންގެ ހުރި ބައެއް ހިތްހަމަ ނުޖެހުން

1. ބިޑް ކާމިޔާބުކުރި ކަމަށް ބަލާފައިވާ ކޮލިޓޭޓް އެޑިޔުކޭޝަން ކުންފުންޏަކީ މި ބިޑަށްޓަކައި އުފެއްދި ކުންފުންޏެއް. ބިޑް ހުޅުވި އިރު ވެސް އެ ކުންފުނި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ވެބްސައިޓަކުން ނުދައްކާ. އެކަމާ ގުޅިގެން ބެލެނިވެރިން ހުށަހެޅި ހެއްކާއި ޤަރީނާގެ ލިޔުންތައް މިއާއެކު ވާނެ

2. ބިޑު ހުޅުވި އިރު ކޮލިޓޭޓް އެޑިޔުކޭޝަން ޓްރޭޑް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ވެބްސައިޓުން ނުދެއްކި ނަމަވެސް، އެމައްސަލަ އާއިގެން ބެލެނިވެރިން އޭސީސީއަށް ދިއުމުން އެތަނުން ބެލިއިރު ރަޖިސްޓްރީ ވެފައިވާ ކަމަށް އެތަނުން ބުނެފައިވުން

3. ކޮލިޓޭޓް އެޑިޔުކޭޝަނުން ދަރިވަރުންގެ އަތުން ނެގުމަށް ހުށައަޅާފައިވާ ފީ ލާލޭ އިންޓަނެޝަނަލުން ހުށައަޅާފައިވާ ފީއަށްވުރެން މާ ބޮޑުކަން

4. ކޮލިޓޭޓް އެޑިޔުކޭޝަން ގައި ހިމެނޭ ހިއްސާދާރުންގެ ތެރޭގައި ހައިކޯޓްގެ ފަނޑިޔާރު ޝުޖާޢު ގެ އަނބިކަނބަލުން ކަމަށް ވާ މިންނަތު ނަސީރު، މިރާޖް، ގއ. ވިލިގިލި، އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބުދުﷲދީދީ ގެ އަނބިކަނބަލުން ކަމަށް ވާ ޣާނިޔާ ޢަބުދުލް ޣަފޫރު، މއ. ލެއްގި، ހިމެނިފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަނބިން ވިޔަފާރީގައި ބައިވެރިވުމަކީ ޤާނޫނުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވުން

5. ކޮލިޓޭޓް އެޑިޔުކޭޝަން އަކީ ސްކޫލް ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ކުންފުންޏެއްކަމަށް ނުވުން އަދި އެ ކުންފުނިން ސްކޫލް ހަވާލުކުރަން އުޅޭ ގޭޓްވޭ އިންޓަނެޝަނަލް އިންވެސް ރާއްޖޭގައި މިހާތަނަށް ސްކޫލެއް ހިންގާފައި ނުވުން. އެއާ ޚިލާފަށް ލާލޭ އިންޓަނެޝަނަލް ސްކޫލަކީ 2008 ވަނައަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ސްކޫލެއްކަމަށް ވެފައި އެ މީހުންނަށް ރާއްޖޭގައި އިންޓަނެޝަނަލް ސްކޫލް ހިންގުމުގެ ފުރިހަމަ ތަޖުރިބާ ލިބިފައިވުން

6. ކުންފުނީގެ އެއް ޙިއްސާދާރު، ގދ. ފިޔޯރީ، ރޯސްމީޑް، މޫސާ ރަޝީދަކީ، 2009 ވަނައަހަރާ ހަމަޔަށް ފަރީދިއްޔާ ސްކޫލުގެ ވައިސް ޕްރިންސިޕަލް ކަމަށް ވިއަސް ހިލޭ އަންހެނަކާ އެކު ސްކޫލް ތެރޭގައި އެކަހެރިކޮށް ތިބި މައްސަލައެއްގައި ފުލުހުން އެތަނަށް ގޮސް މައްސަލަ ބެމުމަށްފަހު، ވަޒީފާއިން ވަކިކުރުމުން އޭނާގެ މައްޗަށް ބަދުއަޚުލާޤީ ތުހުމަތުތަކެއް ކުރެވިފައިވުން،

7. ބިޑް ކަނޑައި އިޢުލާންކުރުމުގެ ކުރިން، ކޮލިޓޭޓް އެޑިޔުކޭޝަނަށް ސްކޫލް ލިބިއްޖެކަމަށް ބެލެނިވެރިންނަށް އެންގުން އަދި އެއާ އިދިކޮޅަށް ވާހަކަދައްކާ ބަޔަކާ މެދު ޤާނުނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބެލެނިވެރިންނަށް މެސެގްކޮށް ބިރުދައްކާފައި ވުން

8. ލާލޭ އިންޓަނެޝަނަލް ސްކޫލްގައި ވަސީލާތްތައް ފުރިހަމަކޮށްފައިވާ ކަމާއި އެތަނުގެ ކިޔަވައިދިނުމަކީ ދެއްކުންތެރިކަމެއް ނެތި ހަމައެކަނި ދަރިވަރުންގެ ޢިލްމާއި ތަރުބިއްޔަތަށް ސަމާލުކަން ދީގެން ހިންގާ ސްކޫލެއްކަމަށް ބެލެނިވެރިންނަށް ޤަބޫލުކުރެވުން.

9. ލާލޭ އިންޓަނޭޝަނަލްގައި ކިޔަވާ ދަރިވަރުންގެ ސްލޫކީ މިންގަނޑުތަކާއި ޚިޔާލުފާޅުކޮށް ވާހަކަދެއްކުމުގެ ފެންވަރު ރަނގަޅުކަމަށް ބެލެނިވެރިންނަށް ފާހަގަކުރެވުން

10. ލާލޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެމުން ގެންދާ ގޮތާ މެދު ބެލެނިވެރިން ނުހަނު ހިތްހަމަޖެހިފައިވާއިރު ގޮތް ނޭނގޭ ތަޖްރިބާ ނެތްބަޔަކު އެމީހުންގެ ދަރިވަރުންނަށް ތަޢުލީމު ދޭން ހަމަޖައްސާތީ ކަންބޮޑުވުން

11. 2017 ވަނައަހަރަށް ކުދިން ނެގުމަށް ލާލޭ އިންޓަރނޭޝަނަލް އިން ހުޅޫވާލުމުން (އޯޕަންޑޭ ގައި) 4 ގަޑިއިރު ތެރޭ 120 ފޯމް ހުށަހަޅާފައިވޭ، މީގެތެރެއިން 70 ދަރިވަރުންނަކީ ކުރިން މިސްކޫލުގައި އުޅެފައި އެހެން ސްކޫލް ތަކަށް ބަދަލުވެ ތަޖުރިބާއަށްފަހު އަލުން މިސްކޫލަށް އެނބުރި އައުމަށް އެދިފައިވާ ދަރިވަރުންކަން. އެ ކަމުން ވެސް ސްކޫލާމެދު ބެލެނިވެރިންގެ އިތުބާރު އޮތް މިންވަރު ހާމަވުން

12. ލާލޭ އިންޓަނެޝަނަލް ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުން އެހެން ފަރާތަކާ ހަވާލުނުކުރެއްވުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތެއްގައި ބެލެނިވެރިން އެދެމުންދިއުން

13. މިހާރު ސްކޫލް ހިންގާ ލާލޭ ޔޫތު އިންޓަރނޭޝަނަލް އަށް މިފަހަރުވެސް ސްކޫލް ދިނުމަށް އެދި %86 ބެލެނިވެރިން ޕެޓިޝަނެއްގައި ސޮއިކޮށް އެޑިޔުކޭޝަނަށް ހުށަހަޅާފައިވުން

8 ނޮވެމްބަރ 2016