މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު
މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.
ފޯމުގައި މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
ފޯމުގައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
ކުލަކޮށް ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)
ނެގިތާ 3 މަސް ދުވަސް ނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި އަދި ރިޒޮލިއުޝަން600Dpi ގައި)
އިސްވެ ދެންނެވުނު ލިންކުން “މޮނިޓަރ ކަމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު” ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
މޮނިޓަރުންނަށް ވުމަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅި ފަރާތްތަކަކީ ނޫސް މަޖައްލާ ނުވަތަ އޭޖެންސީގެ ފަރާތުން މޮނިޓަރުކުރުމަށް ހުށަހަޅާ ފަރާތްތައްކަން ބަޔާންކޮށް ސިޓީއާ އެކު ލިސްޓު (އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް ރަށާ އެކު) ނޫސް މަޖައްލާ ނުވަތަ އޭޖެންސީން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ސިޓީއަކީ އެ ތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑު ޖެހި ސިޓީ އަކަށް ވާންވާނެއެވެ. އަދި ސިޓީއާ އެކު އެ ލިސްޓުގެ ސޮފްޓު ކޮޕީ XLSX) ފޯމެޓްގައ( ހިމެނޭ ސީޑީއެއް ހުށަހަޅަންވާނެއެވެ. ސިޓީއާ ލިސްޓު ހުށަހަޅާނޭ ތަންތަން ތިރީގައި މިދަންނަވަނީއެވެ.
މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށެވެ.
އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.
ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.
ރެފަރެންސް: އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް