އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް އަދި އަންހެނުންގެ ރޫޙުގެ ރައީސާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ދައުވަތަކަށް ސްރީލަންކާއަށް ފުރާވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު އަދި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ޝިފާ މުޙައްމަދު ސްރީލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ދައުވަތަކަށް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. ސްރީލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ 70 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ބައިވެރިވުމަށް ސްރީލަންކާއަށް ފުރާވަޑައިގެންނެވީ 8 ސެޕްޓެމްބަރުވީ ބުރާސްފަތި ދުވަހުގެރެއެވެ.