26 އޮގަސްޓް 2016 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި ޕީޕީއެމް އިން ބޭއްވި ކެމްޕެއިން ޖަލްސާ ޓީވީ އެމް އިން ލައިވް ކުރި މައްސަލަ އޭސީސީއަށް

26 އޮގަސްޓް ވީ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ބޭއްވި(ރައީސް ޔާމީން (2018 ކެމްޕެއިން ޖަލްސާ ޓީވީ އެމް އިން ލައިވް ކުރި މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހުށަހަޅައިފިއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުރުޞަތު ނުދީ ވަކި ޕާޓީއެއްގެ ޙަރަކާތްތައް ލައިވްކޮށް ފޮނުވުމަކީ ދައުލަތުގެ މީޑިއާ ނަހަމަގޮތުގައި ހިފައި ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މަޤްޞަދު ގެއްލިގެންދާކަމެއްކަން ފާހަގަކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.