ސިޔާސީ ޕާޓީ ތަކުގެ ޤާނޫގައި ބުނާ ޕާޓީ ތަކުގެ އަހަރީ ހިސާބް އެމް.ޑީ.ޕީ އިން އާއްމުކޮށްފިއެވެ. ކުރީ އަހަރުތަކޭކޭ އެއްފަދައިން 2015 ވަނަ އަހަރުވެސް އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު އޮޑިޓްކޮށްފައިވަނީ ބައިނަލް އަޤްވާމީ އޮޑިޓް ފާރމް އެއްކަމަށްވާ އާންސް އެންޑް ޔަންގް ( އީ އެންޑް ވައި) އޮޑިޓް ފާރމް އިންނެވެ. އަހަރީ ހިސާބު ތައް އޮޑިޓްކުރުމަށްފަހު އޮޓިޑަރު ދެއްވާފައިވާ ރައުޔުގައިވަނީ 2015 ވަނަ އަހަރު އެމް.ޑީ.ޕީ ގެ ހިސާބަތައް ބެލެހެއްޓުމުގައި ބައިނަލް އަޤްވާމީ އެކައުންޓިގް މިންގަނޑުތައް ހިފަހައްޓާވާކަމަށާއި މި ހިސާބުތަކުން ޕާޓީގެ މާލީ ހާލަތު ބުނެދޭ ކަމަށެވެ. 2015 ވަނަ އަހަރު އެންމެ ބޮޑު ޚަރަދެއްކޮށފައިވާ ޕާޓީން ހިންގި “އިންސާފުގެދަތުރު” ކެމްޕެއިނަށެވެ. އެގޮތުން އެ ކެމްޕްއިން އަށް 2.7 މިލިއަން ރުފިޔާ ޚަރަދުކޮށްފޮށްފައިވެއެވެ. ޕާޓީ ޕްރޮމޯޝަން އަށް 1.8 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 1.1 މިލިއަން ރުފިޔާ މުއައްޒިފުންނަށް ޚަރަދުކޮށް ކޮށް އޮފީސް އިމާރާތާ ހަރުގެ ކުލީގެ ގޮތުގައި 9 ލައްކަ ރުފިޔާ ޚަރަދުކޮށް އެކު ޖުމްލަ 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރު އެމް.ޑީ.ޕީ އަށް ލިބިފައިވަނީ 11.6 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ދައުލަތުން ލިބުނު 6.9 މިލިއަން ރުފިޔާ ހިމެނެއެވެ.މި ހިސާބުތަށް މިހާރުވަނީ އިލެކްޝަން ކޮމިޝަން އަށާއި އޮޑިޓް އޮފީހަށް ވެސް ހުށައަޅާފައެވެ.
30 މެއި 2016
2015 އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު ބެއްލެވުމަށް މި ލިންކަށް ފިތާލާ