އިލެކްޓްރޯނިކް ވޯޓިންގް ސިސްޓެމް ބޭނުންކުރުމަށް އިލެކްޝަނުން ނިންމި ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުންދާތީ އެމް.ޑީ.ޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާނަށް އެޑްރެސްކޮށްފައިވާ މި ސިޓީގައި އެދިފައިވަނީ ، ރާއްޖޭގެ މީޑިއާތަކުގައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިމާފައިވާކަމުގެ އަޑުފެތުރިފައިވާތީ އެފަދަ އެއްވެސް ނިންމެވުމެއް އިލެކްޝަންސް ކޮމިޝަނުން ނިމާފައިވާނަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އަށް އަށް އިގޭނެގޮތެއް ހައްދަވައިދެއްވުމަށެވެ.