އެމް.ޑީ.ޕީގެ މެމްބަރޝިޕް ފޯރމް ފުރުމާއި ، ފިންގަރ ޕްރިންޓް ޖެހުމުގެ މަސައްކަތް މާލޭގެ ހަރުގޭގައި އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރިއަށްއެބަދެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ މެމްބަރޝިޕް ޑްރައިވް ފެށިގެން ކުރިއަށްއެބަދެއެވެ. އެގޮތުން މިހާރުވެސް އެމް.ޑީ.ޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނަމަވެސް އިނގިލީގެ ނިޝާން ނެތް މެމްބަރުންގެ އިނގިލީގެ ނިޝާން ނެގުމާއި އަލަށް އެމް.ޑީ.ޕީ އާއި ގުޅޭ މެމްބަރުންގެ ފޯމް ފުރުން ހިމެނެއެވެ. މާލޭގައި އިނގިލީގެ ނިޝާން ނެގުމާއި ފޯރމް ފުރުން ކުރިއަށް ދަނީ އެމް.ޑީ.ޕީގެ މައި ހަރުގޭގައެވެ. އަދި ރާއްޖޭގެ ެކިެކި ކަންކޮޅުތަކުގައި އެރަށެއްގެ ހަރުގޭގައެވެ.