އޭޑީކޭ ނާޝިދު ސޫރިއާގެ ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތް ކުރައްވައި، ކާބޯތަކެތި ބައްސަވައިފި

CeobRx6W8AAO_UN

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ސޫރިއާގެ ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތް ކުރައްވައި، ހާލުގައި ޖެހިފައިވާ މީހުންނަށް އިއްޔެ އެހީތެރިކަން ފޯރުކޮށް ދެއްވައިފި އެވެ.

ނާޝިދު ޒިޔާރަތް ކުރެއްވީ، އޭނާ މިހާރު ގްރީސް އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ޕިރާއުއެއަސް ގައިހުރި ސޫރިއާގެ ރެފިޖީ ކޭމްޕަކަށެވެ. އެ ޒިޔާރަތުގައި ނާޝިދު ވަނީ ރެފިއުޖީންނަށް ބައެއް ކާބޯތަކެތި ހަދިޔާ ކުރައްވައިފަ އެވެ. އަދި އޭނާ ފޯރުކޮށްދެއްވީ ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ ނަމުގައި ކަމަށް ނާޝިދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.