އެމް.ޑީ.ޕީން ކުޅުދުއްފުށީގައި ހަރުގެއެއް ހުޅުވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ހ.ދ ކުޅުދުއްފުށީގައި ހަރުގެއެއް ހުޅުވައިފިއެވެ. ހުކުރު ދުވަހުގެރޭގައި ހުޅުވުނު މިހަރުގެ އަކީ ރައްޔިތުންގެ އިސްނެގުމަކަށް އެ ރަށުގައި ހުޅުވުނު ހަރުގެއެކެވެ. މި ހަރުގެ ހުޅުއްވައިދެއްވުމަށް ޕާޓީގެ ފަރާތުން ކުޅުދުއްފުއްޓައް ވަޑައިގެންނެވީ އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުލް ސައްތާރު، ޕާޓީގެ ސްޕޯކްސްޕާރސަން އިމްތިޔާޒް ފަހުމީ އަދި ޕޮލިސީ ކޮމިޓީގެ މެމްބަރު ހުސެއިން އަމްރުގެ އިތުރުން އަންހެނުންގެ ރޫހުގެ މެމްބަރުންނެވެ.