ޗެއާރޕާރސަންގެ ނައިބު އޮސްޓްރޭލިއާގެ ކުއީންސްލެންޑް ސެނެޓަރ ޖޭމްސް މެގްރާތާއި ބައްދަލުކުރައްވައިފި

Cd-3xqyUAAE0Qtr

އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް މިހާރު އޮސްޓްރޭލިއާގެ ބްރިޒްބަންއަށް ވަޑައިގެން އުޅުއްވާ އެމް.ޑީ.ޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒް އޮސްޓްރޭލިއާގެ ކުއީންސްލެންޑް ތަމްސީލްކުރައްވާ ސެނެޓަރ އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ އެސިސްޓެންޓް މިނިސްޓަރ ޖޭމްސް މެގްރާތު އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މާޗު 19 ވަނަ ދުވަހުގެ ރޭ ބްރިޒްބަންގެ ސިޓީ ކައުންސިލް އިންތިޚާބް ލިބަރަލް ޕާޓީއިން ކާމިޔާބް ކުރިކަން އިއުލާން ކުރުމުގެ ހަފްލާގައެވެ.

މި ބައްދަލުވުމުގައި ޖޭމްސް ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހީނަރުވަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޖަލަށް ލާފައިވާތީ އެކަން ކުއްވެރިކޮށްފައެވެ. އެމް.ޑީ.ޕީ އިސްވެއޮވެ ޑިމޮކްރަސީގެ މަގުގައި ރާއްޖެ ކުރާ އުނދަގޫ ދަތުރު ކާމިޔާބްކުރުމަށް އެމް.ޑީ.ޕީއަށާއި ރާއްޖެއަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ޖޭމްސް ފާހަގަކުރެއްވެވިއެވެ. މީގެ ކުރިންވެސް ޖޭމްސް ވަނީ އޮސްޓްރޭލިއާގެ ސެނެޓްގައި ރާއްޖެއާއި ގުޅޭގޮތުން ސުވާލުކޮށް ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ.