އޮސްޓްރޭލިޔާގެ ބްރިޒްބަން ސިޓީ ކައުންސިލްގެ ކެމްޕޭން އޮބްޒަރވް ކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕަރސަންގެ ނައިބު ޢަލީ ނިޔާޒް އޮސްޓްރޭލިއާގެ ބްރިޒްބަންއަށް އަންގާރަ ދުވަހުގެ ރޭ ފުރާވަޑައިގަންނަވައިފިއެވެ.
އޮސްޓްރޭލިއާގެ ލިބަރަލް ނެޝަނަލް ޕާޓީގެ ދަޢުވަތަކަށް ބްރިޒްބަންގެ ސިޓީ ކައުންސިލްގެ ކެމްޕޭން އޮބްޒަރވް ކުރެއްވުމަށް ވަޑައިގެން އެ ޕާޓީގެ ކެމްޕޭން ހެޑްކުއަރޓާޒްއަށް ވަޑައިގެން އިންތިޚާބާ އަދި ކެމްޕޭނާ ގުޅޭ އެކިއެކި މަސައްކަތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.ޑީ.ޕީގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ވެރިން ބްރިޒްބަން ސިޓީ ކައުންސިލް އިންތިޚާބު އޮބްޒާރވްކުރުުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.