އެންޓި ކޮރަޕްޝަން ކޮމިޝަނުން މޯލްޑިވްސް އިސްލާމިކް ބޭންކުން ހޯއްދެވި ރައީސް ޔާމީންގެ އެކަައުންޓް ކަށަވަރުކޮށްދޭން އެދިއްޖެ

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރ ކޯޕަރޭޝަން މެދުވެރިކޮށް ސަރުކާރުގެ އިސްވެރިން ޝާމިލްވެގެން ދައުލަތުން 1.22 ބިލިއަން ރުފިޔާގެ ވައްކަން ކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވާ ތަޙްޤީޤުގައި މަޢުލޫމާތު ހޯއްދެވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ(އެމް.އައި.ބީ) އެކައުންޓަކީ ރައީސް އަބްދުﷲ ޔާމީންގެ ކޮން އެކައުންޓެއްތޯ ކަށަވަރުކޮށްދެއްވުމަށް އެމް.ޑީ.ޕީގެ ފަރާތުން އެދިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި އެމް.އައި.ބީގައި ހުޅުވާފައިވާ އެކައުންޓެއްގެ މައުލޫމާތު ހޯއްދަވާފައިވާކަމަށް ވިދާޅުވެފައިވާއިރު އޭސީސީން މަޢުލޫމާތު ހޯއްދެވީ ދާދި ފަހުން އާންމުވެފައިވާ އެމް.އައި.ބީގެ ޑިޕޮސިޓް ސްލިޕްގައިވާ ރައީސް ޔާމީންގެ އެކައުންޓު ނަމްބަރު 99010110002200200 ގެ މަޢުލޫމާތުތޯ ކަށަވަރުކޮށްދެއްވުމަށް އެދި އެމް.ޑީ.ޕީގެ ފަަރާތުން 10 މާޗް 2016 ވަނަ ދުވަހު ވަނީ ސިޓީއަކުން އެދިފައެވެ.