ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ ފަރާތުން ފުލުހުންނާއި ހައުސިންގ މިނިސްޓްރީއާއިއެކު މަޝްވަރާކޮށްފި

CcSd3jiUcAAnYMp

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ފުލުހުންގެ މުއައްސަސާގެ އިތުރުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާއިއެކު މަޝްވަރާކޮށްފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން މިއަދު މި މަޝްވަރާތަކުގައި ބައިވެރިވެލެއްވީ އެމް.ޑީ.ޕީގެ ޗެއާރޕާރސަންގެ ނައިބް އަލީ ނިޔާޒް އަދި ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުލް ސައްތާރެވެ. މި މަޝްވަރާ ބައްދަލުވުމަށް އެމް.ޑީ.ޕީން ދައުވަތު ފޮނުވާފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް ، ހައުސިންގް މިނިސްޓްރީ، އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނަށެވެ. ނަމަވެސް ހިއުމަން ރައީޓް ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަނުން އެއްބާރުލުން ނުލިބުމުން މިއަދު މި މަޝްވަރާތައް ފުލުހުންނާއި ހައުސިންގ މިނިސްޓްރީއާއިއެކު ވަނީ ކުރިއަށްގެންގޮސްފައެވެ.

އެމް.ޑީ.ޕީ އާއި ފުލުހުން އަދި ހައުސިންގ މިނިސްޓްރީއިން މަޝްވަރާކޮށްފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ މިއަދުގެ 1300ގައި އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓްގެ ފުރަތަމަ ފްލޯގައެވެ.