ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ ފަރާތުން 3 މުއައްސަސާއަކާއި ބައްދަލުކުރުމަށް ދައުވަތު އަރުވައިފި

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން 3 މުއައްސަސާއަކާއި ބައްދަލުކުރުމަށް ދައުވަތު އަރުވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން މިއަދު މި މަޝްވަރާތަކަށް ދައުވަތު އަރުވާ ސިޓީ ފޮނުވަފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް ، އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނަށެވެ. މި ސިޓީގައި އެމް.ޑީ.ޕީންގެ ފަރާތުން އެދިފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަސްތާކާއި ގުޅޭގޮތުން އެމް.ޑީ.ޕީގެ ލީޑަރޝިޕް އާއި އެކު ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް ވަޑައިގެންނެވުމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ތާވަލް ކުރެވިފައިވަނީ 18 ފެބްރުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އަށެވެ.