ދިވެހި ރައްޔިތުންގެ ޑިމޮްކްރެޓިކް ޕާޓީން މިއަދު ފުލުސް އޮފީހަށް ސިޓީއެއް ފޮނުވައިފިއެވެ.
19 ޖުލައި 2015 ވަނަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުން ގެއަށް ބަދަލުކުރެއްވިކަމަށް ނިންމަވައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އެ މަނިކުފާނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ކުރައްވަމުން ގެންދަވާ ތަޙްޤީޤާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ ލީޑަރޝިޕްގެ ބޭފުޅުން ކޮމިޝަނަރ އޮފް ޕޮލިސް އާއި ބައްދަލުކުރުމުގެ ފުރުޞަތު ވީއެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް އެދި ފޮނުވި ސިޓީއެކެވެ.