އެމް.ޑީ.ޕީން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މެމްބަރުންގެ ފިންގަރޕްރިންޓް މައްސަލައިގައި ވަގުތީ އަމުރާއިމެދު އަވަހަށް ގޮތެއް ނިންމެވުމަށް ސިވިލް ކޯޓުގައި އެދިއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން މިއަދު ސިވިލް ކޯޓަށް ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ހައި ކޯޓަށް ހުށަހަޅާފައިވާ 2188/Cv-C/2015 ނަންބަރު ޤަޟިއްޔާއާއެކު އެދިފައިވާ ވަގުތީ އަމުރަކީ ދަޢުވާރައްދުވާ ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 31 ޑިސެމްބަރު ވާ ދުވަހު އެމް.ޑީ.ޕީގެ 23،059 މެމްބަރުން ޕާޓީގެ ދަފުތަރުން އުނިކުރުމަށް ނިންމާފައިވާ ނިންމުމާމެދު ސިވިލް ކޯޓުން ފައިޞަލާކުރުވަނިވި ޙުކުމެއްކުރައްވަންދެން އެ ގޮތަށް ޢަމަލުނުކުރުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ވަގުތީ އަމުރެއްކަމުން ވަގުތީ އަމުރަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނައިބު ޖަވާބުދާރީވަމުން ވަގުތީ އަމުރު ނެރުމާމެދު އިއުތިރާޟުކުރައްވާފައިނުވާއިރު މި މައްސަލާގެ ވަގުތީ އަމުރާމެދު ވީހާވެސް އަވަހަށް ގޮތެއް ނިންމަވައިދެއްވުމަށް ވެސް މި ސިޓީގައި އެދިފައިވެއެވެ.