73 ގަޑިއިރާއި 13 މިނިޓަށް ފަހު މުޒާހަރާ ނިންމާލައިފި

CVD3JAfU4AAYPDs

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމް.ޑީ.ޕީން ބޭއްވި ސުލްހަވެރި މުޒާހަރާ ނިންމާލުމުގެ ކުރިން މުޒާހަރާގެ ބައިވެރިންނާއި މުޙާތަބު ކުރައްވާ އެމް.ޑީ.ޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދުގެ އިތުރުން ސިޔާސީ ކުއްވެރިން މިނިވަން ކުރުމަށް ފަހުގައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިންޖުވަންދެން ނުވަތަ މަރުވަންދެން އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. ތިން ދުވަހަށް ދިގު ދެމިގެންދިޔަ މުޒާހަރާގައި މަގުމައްޗަށް ނުކުތުމަށް ކުރި މަސައްކަތުގައި ފުލުހުންނާއި ކުރިމަތިލުންތައް ހިނގައި ބައެއް މީހުން ހައްޔަރު ކޮށްފައިވެއެވެ. އެގޮތުން އެމް.ޑީ.ޕީގެ ޤައުމީ މަޖިލިހުގެ މެމްބަރު އަންވަރު އަދިވެސް ހުރީ ހައްޔަރުކޮށްފައެވެ.