އެމް.ޑީޕީގެ ފަރާތުން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންއަށާއި ހިޔުމަން ރައިޓްސް ކޮމިޝަން އެކުލެވޭ ގޮތަށް މަޝްވަރާ ބައްދަލުވުމެއް މިއަދު 14:00 ގައި ބާއްވަނީ

އެމް.ޑީ.ޕީގެ ފަރާތުން މިންޖުވާން މުޒާހަރާ ގައި 27 ނޮވެމްބަރުގައި ހިނގާދިޔަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދައުލަތުގެ 3 މުއައްސަސާއަކަށް ދައުވަތު ދީ ސިޓީއެއް ފޮނުވައިފިއެވެ.

އެމް.ޑީ.ޕީގެ ފަރާތުން ކުރިޔަށްގެންދާ ‘މިޖުވާން މުޒާހަރާ’ ގައި 27 ނޮވެންބަރު 2015 ވަނަ ދުވަހު ހިނގާދިޔަ ކަންތަކާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރޝިޕް އާއި އެކު ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް މިއަދު (28 ނޮވެންބަރު 2015) މެންދުރުފަހު 2:00 އަށް މިޕާޓީގެ އޮފީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އަރުވާ ސިޓީ ފޮނުވިފައިވަނީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށެވެ. އަދި މި މަޝްވަރާ ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަންއަށާއި ހިޔުމަން ރައިޓްސް ކޮމިޝަން އަށްވެސް ދައުވަތު އެރުވިފައިވެއެވެ.