27 ނޮވެމްބަރުގެ ބޮޑު މުޒާހަރާއަށް ވަމުންދާ ތައްޔާރިތަށް

CUgxf5oUkAAri8O

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ ގެ އަންހެނުންގެ ރޫހުގެ ފަރާތުން ރޭ ހަރުގެގައި 27 ނޮވެމްބަރުގައި ބޭއްވުމަށް ނިންމާފައިވާ ބޮޑު މުޒާހަރާއަށް ތައްޔާރީތަށް ވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދުގެ އިތުރުން އަންހެނުންގެ ރޫހުގެ އިސްވެރިންނާއި އާންމު އެތަކެއް މެމްބަރުން ބައިވެރިވެވަޑަގެނެވިއެވެ.

ގިނަ އަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވި މި ބައްދަލުވުމުގައި ސަރުކާރުން އަންހެން ކަނބަލުންނާ ދޭތެރޭ ގެންގުޅޭ ތަފާތު ކުރުންތަކާއި އަންހެން ކަނބަލުންނަށް މި ސަރުކާރުގައި އޮތް ފުރުސަތުގެ ހަނިކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ހުރިހާ ކަމެއް މިހެން ހުރި އިރު ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން އެތަކެއް ދިވެހި ރައްޔިތުންތަކެއްގެ ހައްގުތަކެއް ނިގުޅައިގަނެވެމުންދަތީ 27 ނޮވެމްބަރުގެ މުޒާހަރަގައި ދިވެހި ހުރިހާ ކަނބަލުންވެސް ނިކުތުމަށް ގޮވަލެއްވިއެވެ.