27 ނޮވެމްބަރުގެ ބޮޑު މުޒާހަރާއަށް ވަމުންދާ ތައްޔާރިތަށް

CUew7V0UcAA8lXN

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޒުވާނުންގެ ހިއްވަރު އަދި އަންހެނުންގެ ރޫހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްބާއްވައިފިއެވެ. މި ބައްދަލުވުމުގައި ޒުވާނުންގެ ރޫހުގެ ފަރާތުން ވަނީ 27 ވަނަ ދުވަހުގެ ބޮޑު މުޒާހަރާއަށް ހުރިހާ ޒުވާނުން ނިކުތުމަށް ގޮވާލާފައެވެ. އެގޮތުން ޒުވާނުންގެ ރޫހުގެ ރައީސް މުޙައްމަދު އަޒުމީލް ވިދާޅުވީ ރައީސް ޔާމިން ޒުވަނުންނަށް ހޯދައިދޭން ބުނި 70000 ވަޒީފާއާއި ކޮންމެ އަލަތު ކައިވެންޏަކާއި އެއްކޮށް ފްލެޓެއް ދޭން ބުނި ނަމަވެސް އެކަން މިހާތަނަށް އެއްކަމެއްވެސް ވެފައި ނުވާކަމަށެވެ.

އަންހެނުންގެ ރޫހުގެ ފަރާތުން ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ އަންހެން ކަނބަލުން މި ސަރުކާރުން ދަނީ އެކި އެކި ދާއިރާތަކުން އެއްކައިރި ކުރަމުންކަމަށެވެ. އަންހެން ކަނބަލުންނަށް އޮތް ދާއިރާތަށް ހަނި ކުރަމުންދާ ދިއުން ހުއްޓާލުމަށާއި 27 ވަނަ ދުވަހުގެ ބޮޑު މުޒާހަރާ އަށް ހުރިހާ ޕާޓީތަކުގެ ބޭފުޅުން މި އަނިޔާވެރިކަމުން މިންޖުވުމަށް ނިކުތުމަށް ގޮވާލެއްވިއެވެ.