އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ

1 އޮކްޓޯބަރ 2010

president-voting-450-x-338

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މާލެއާއި އަތޮޅުތަކުގައި ފެށިގެން ވަރަށް އޮމާންކަމާއެކު ކުރިޔަށް އެބަދެއެވެ.
މިއަދު މެންދުރު ފަހު 2.30 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިޔަށްދަނީ އިމާދުއްދީން ސްކޫލުގައެވެ. ވޯޓުލުން ނިންމާގޮތަށް ހަމަޖެހިފައިވަނީ މިރޭ 7.30 ގައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ ރާއްޖޭގެ އިދާރީ 77 ދާއިރާގެ އެމްޑީޕީގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ އިންތިޚާބެކެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މިއިންތިޚާބުގައި ޖުމްލަ 455 ކެންޑިޑޭޓުން ވާދަކުރެއެވެ.