މުޒާހަރާ މިމަހު 27 ގައި

12247809_10153774290469553_7560751476126367611_o

އެމްޑީޕީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެމްޑީޕީން ނުބާއްވާ ފަސްކޮސްފައިވާ މިންޖުވާން މުޒާހަރާ މި ނޮވެމްބަރު މަހުގެ 27 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުޒާހަރާ އަކީ ރައީސް ނަޝީދާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ ކުރެވޭ މުޒާހަރާއެއްކަމަށެވެ.

ނައިބު ރައީސް ޝިފާޒު ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ގޭގައި މަޑުން ތިބެވޭނެ ކަހަލަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މިންޖުވާން މުޒާހަރާއަށް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން 27 ނޮވެމްބަރު ވާ ހުކުރު ދުވަހު މާލެ ވަޑައިގެން މުޒާހަރާގައި ބައިވެރިވުމަށް އެދިލެއްވިއެވެ.