ބައިނަލްއަޤުވަމީ ގުޅުންތަކާއިބެހޭ ކޮމިޓީގެ ވަފްދެއް ރޭ ލަންކާ އަށް ފުރައިފި

CTjDhiCUAAAwLjk

އެމް.ޑީ.ޕީގެ ފަރާތުން ރޭގައި ލަންކާއަށް ފުރި ވަފްދުގައި ހިމެނެނީ ބައިނަލްއަޤުވަމީ ގުޅުންތަކާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކޮމެޓީގެ މެންބަރު އަހުމަދު ތަސްމީން އަލީ އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފެއެވެ.

މި ދަތުރަކީ ލަންކާގެ ސަރުކާރަށާއި އެގައުމުގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ކުރާ ދަތުރެކެވެ. އެމް.ޑީ.ޕީގެ ބައިނަލްއަޤުވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ފަރާތުން މީގެކުރިން ވަނީ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.