އެމް.ޑީޕީގެ އަޤްތިސާދީ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

medium_72313

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ފަތުރުވެރިކަމަށް ގެއްލުންތަކާއި ކުރިމަތިވަމުން ދަނީ ، އެގޮތުން ގިނަ ފަތުރުވެރިން ވަނީ ބުކިންތައް ކެންސަލްކޮށްފަކަމަށާއި މިހާލަތުގެ ސަބަބުން ދިވެހި ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނަން ތިބި ފަރާތަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އަމީރު ވިދާޅުވިއެވެ.

ކުއްލި ނުރއްކަލުގެ ހާލަތު ދިގުލައިގެން ގޮސްފިނަމަ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންގެ ވަޒީފާ ގެއްލިގެން ގޮސްފާނެ ކަމުގެ ބިރުވެރިކަން އެބަ އޮތްކަމަށާއި ، ކުންފުނިތަކަށް ގޮންޖެހުންތަކާއި ކުރިމަތިވަމުން ދާތީ ޓުއަރިޒަމް އިންޑަސްޓްރީއަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނޭކަމަށް ތަސްމީން ދެންނެވެިއެވެ.

ސަރުކާރުން އިހުލާސްތެރިކަމާއި އެކު އެމްޑީޕީ އާއި އެކު ކަންކަން ހައްލުކުރަން ވާހަކަ ދައްކަވާނަމަ އަޅުގަނޑުމެން މަޝްވަރާ ކުރާނަން ، އެހެންނަމަވެސް ސިޔާސީ ގޮތުން ވަކި ފައިދާ އެއް ހޯދުމަށް ކަންކަމުން ރެކުމަށް މަޝްވަރާކުރުމެއް ނޫންކަމަށް ވިދާޅުވަމުން ތަސްމީން އިޝާރާތް ކުރެއްވީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކަށެވެ. ތަސްމީން ދެންނެވީ ‘މިއަދަކު ނޫން ސަރުކާރުގެ އެކި ވެރިންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަންވީ ، މީގެ ކުރިންވެސް ސަރުކާރުގެ އިސްވެރިން ކޮރަޕްޝަންގެ އަމަލު ހިންގަވާ ވާހަކަ ސިޔާސީ ފަރާތަކާއި ރައްޔިތުން ދައްކަވާ ، އޭރުވެސް އެކަންތައް ބަލަންޖެހޭކަމުގެއެވެ.