އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ ފަރާތުން ލ.އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ދަތުރުގެ ތެރެއިން

CSnsQiBUcAAXfjk

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ އަންހެނުންގެ ރޫހުގެ ފަރާތުން ލ އަތޮޅުގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރުގައި އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދު އަދި އަންހެނުންގެ ރޫހުގެ އިސް ފަރާތްތަކުންވަނީ ލ.މަތިމަރަދޫ ޒިޔާރަތްކޮށް ލޮބީ ގްރޫޕް އެކުލަވާލުމުގެ މަސައްކަތްކޮށްފައެވެ..
ލ.އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕް އެއް އުފެއްދުމަކީ މި ދަތުރުގެ އެއް އަމާޒެވެ. އެގޮތުން ލޮބީ ގްރޫޕްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެކެވެ. އަންހެނުންގެ ރޫހުގެ މައިގަނޑު މަސައްކަތްތަކަކީ އަންހެނުން ބާރުވެރިކޮށް ޕާޓީގެ އަންހެނުންގެ ތެރޭގައި އެކުވެރިކަމާއި ގުޅުން އާލާކޮށް ވަރުގަދަކުރުމެވެ. އަދި ޕާޓީގެ ލީޑާރޝިޕްއިން އެދޭކަންކަމުގައި އެހީތެރިވެދިނުމެވެ.
ރޭގައި މި ރެޖިސްޓްރީ ވެގެންދިޔައީ ލ.އަތޮޅުގެ ފުރަތަމަ ލޮބީ ގްރޫޕްއެވެ. މި ލޮބީ ގްރޫޕްގެ ހިންގާ ކޮމިޓީ ވަނީ ހޮވިފައެވެ. ހިންގާ ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސް އާއި އެކު ޖުމްލަ 7 މެމްބަރުންނެވެ.