ތަޢުޒިޔާގެ މެސެޖް

ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ލޮބުވެތި މާމާފުޅު ޢާއިޝަތު އާދަމް ބުރާސްފަތި ދުވަހުގެ ރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެކަމުގެ ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ.

ޢާއިޝަތު އާދަމް އަވަހާރަވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 95 އަހަރުގައެވެ. އަލްމަރުޙޫމާ ޢާއިޝަތު އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުން ދުޢާކުރާހިނދު، ޢާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!

30 އޮކްޓޯބަރ 2015