ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ހުސެން ވަހީދު ވަކިކުރެވި އަލުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނޭކަމަށް ބުނެ މި މައްސަލަ ބަލާދިނުމަށް އެދި ސިޓީއެއް ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން އެންޓި ކޮރަޕްޝަން ކޮމިޝަންއަށް، ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން ހުސެން ވަހީދު ވަކިކުރެވި އަލުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާނޭކަމަށް ބުނެ މި މައްސަލަ ބަލާދިނުމަށް އެދި ސިޓީއެއް ފޮނުވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ހުސެއިން ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަޤާމުން 23 އޮކްޓޫބަރު 2015ގައި ވަނީ އެމަނިކުފާނު ވަކިކުރައްވާފައެވެ. ހުސެއިން ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، ފުލުހުންގެ މުއައްސަސާގެ އިސް ވެރިން ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގެ ދަށުގައި ތިއްބެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް އެމް.އެމް.ޕީ.އާރު.ސީގެ ބަޖެޓުން ހަމަޖައްސާފައިވާކަން ފަޅާއަރާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް 23 އޮކްޓޫބަރު 2015ގައި ހުސެއިން ވަހީދު މިވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމް ދެއްވާފައެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅަކު ސަރުކާރުގެ މުހިންމު މުއައްސަސާއެއްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވުމަކީ ކޮރަޕްޝަނަށް އަނެއްކާވެސް މަގުފަހިވާނެ ކަމެއްކަމެއްކަމުގައި ދެކޭކަމަށް އެމް.ޑީ.ޕީން ބުނެފައިވެއެވެ.