ޓެރަރިޒަމް މަނާކުރާ ބިލުގައި ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި

CSTmg3HVAAATykJ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން މިއަދު މި ޕާޓީގެ ޤައުމީ އިދާރާގައި ބޭއްވި ނިއުސް ކޮންފަރރެންސް އެއް ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް މިދިޔަ އާދިއްތަ ދުވަހު ޤައުމާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ސްޓޭޓް ސްޕޮންސާޑް ޓެރަރިސްޓު އަމަލުތައް ހިންގުމުގެ ފުރުސަތު އެބަ އޮތްކަން އެނގިގެން ދިޔައެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރެވެމުންދާ ޓެރަރިޒަމް މަނާކުރާ ބިލުގައި ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރިކަމަށް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގޮވާލާފައި މި ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ކަމަށެވެ. ސަބަބަކީ ދިވެހި ރާއްޖޭގެ ޓެރަރިޒަމް މާނަކޮށްފައިވާ ގޮތް ގޯސްވުމުންނެވެ.

އަދި ރައްޔިތުންގެ މަޖިލިސް މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިގޮތުގައި ، އަޅުގަނޑުމެން (އެމް.ޑީ.ޕީން) ވެސް ބޭނުން ޓެރަރިޒަމްގެ ގާނޫނެއް އޮންނަން އަޅުގަނޑުމެން ވަރަށް ގިނަ އިސްލާހްތައް ހުށަހެޅިން، އެ އިސްލާހްތައް ނުލާ ފާސްކޮށްފި ނަމަ ވަރަށް ގޯސްވާނެ. އެ އިސްލާހްތަކާ އެކު އަޅުގަނޑުމެން ވެސް އެ ބިލަށް ވޯޓްދޭނެކަމުގައެވެ. އަދި އެމް.ޑީ.ޕީގެ ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވަމުން ރޮޒޭނާ އިތުރަށް ވިދާޅުވީ ރައީސް ވިދާޅުވަނީ ވާނުވާއެއް އެމަނިކުފާނަށް އެނގިވަޑައި ނުގައްނަވާކަމަށެވެ. ސަރުކާރު ތެރޭގައި ވެސް ކުރަނީ ހަނގުރާމައެވެ. ސަރުކާރުން ކަން ކުރާ ގޮތުން އަޅުގަނޑުމެން ވެސް ސަރުކާރާ އެއްގަލަކަށް ނޭރޭ ކަމުގައެވެ.