ނޫސްބަޔާން

ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާވާ ފަތުރުވެރިކަމަކީ ރާއްޖޭގެ ރީތިކަމާއި އެއްވަރަށް ރާއްޖެއަށް ލިބިފައިވާ ރީތިނަމާއި ގުޅޭ ކަމަކަށް ވާއިރު ، އުފާވެރި އަމާން ޗުއްޓީއެއް ދުނިޔެއަށް ދިއްކޮށްލާ ބައެއްގެ ގޮތުގައި ދިވެހިންނަށް ލިބިފައިއޮތް މޯރަލް އޮތޯރިޓީ ދިވެހިންގެ އަތުން ބީވެދާފަދަ ހާލަތަކަށް ސަރުކާރުން ދިވެހި ރާއްޖެ ވައްޓާލައިފައިވާ ކަމުގައި މި ޕާޓީން ދެކެމެވެ. ސަނީސައިޑު އޮފް ލައިފް އަށް އަލިކޮށް އުޖާލާ ކުރުމާއި، ބޯކިރުފޮދެއްފަދަ ހުދު ބިއްސާ ވެލީގައި ހިމޭން ގޮނޑުދޮށްތަކުގއި ބީއްސަމުންދާ އަލި ސާފު ބިއްލޫރި ފަދަ މޫދާއި އޮމާން ރާޅުގެ އަމާންވެށީގެ ސިފަ ދުނިޔޭގެ ލޯތަކަށް ހުތުރުކޮށްދެނީ ރައީސް ޔާމިންގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުންކަމަށް އެމް.ޑީ.ޕީން ފާހަގަކުރަމެވެ.

ޤައުމުތަކުގެ މެދުގައި ސުލްހައާއި އަމާންކަން ދަމަހައްޓާ ދުނިޔޭގެ ސުލްހައިގެ ނިޒާމް ބިނާވެފައިވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާ ، ވެވޭ މުޢާހަދާތަކާއި ، ވެވޭ އަހުދާއި ކަށަވަރުގެ މަތީގައި ދެމިތިބުމުގެ މަށްޗަށެވެ. މިދެންނެވި ބައިނަލްއަޤްވާމީ ނިޒާމުގެ ނާރެހަކީ އ.ދ މަޖިލިސް ކަމަށްވާއިރު ، ބައިނަލްއަޤުވާމީ ބޮދު މި ވިއުގާ އެތުރިފައިވަނީ ދުނިޔަވީ ދިރިއުޅުމުގައި ރައްޔިތުންގެ މެދުގައި ތަހުޒީބުކޮށް ، ތަރުތީބުކޮށް ހަމަ އާއި ލަމަ އާއި ހައްޤުތަށް ކަށަވަރުކުރުމަށެވެ. އެކަން ކަށަވަރު ކޮށްދެނީ އެނިޒާމުގައި ޤައުމުތަކުން އެއްބަސްވެ ތަސްދީދުކޮށް އަމަލުކުރުން ލާޒިމުވަ މުއާހަދާތަކާއި އެއްގޮތަށް ޤައުމުތަކުން އަމަލުކުރަމުންދާ ދިއުމެވެ. ރައީސް ޔާމިން މިވަނީ ބައިނަލްއަޤުވާމީ ނިޒާމުން ދިވެހިރާއްޖެއަށް ބޮޑެތި ލޮޅުމާއި ގޮންޖެހުންތަށް، އެކޮޅުކޮޅުން ، އިނދިކީލިކޮށް، ބަޅުކޮށް ހިނގާ ދައުލަތެއްގެ ސިފަ ސިވެހިރާއްޖޭގައި ޖައްސާފައެވެ. ޤާނޫނީ ހަމައާއި އުސޫލާއި ، އިންސާފުގެ މަގުން އެއްކިބާ ވެފައިވާ ނިޒާމެއްގެ ތެރެއިން ހިފާ ހައްޔަރު ކޮށް، ޝަރީއަތް ހިންގާ އެގޮތުގެ މަތިން ނޫނީ ހަމަ އެކަކުވެސް ޖަލަށްލާ އަދަބު ނުދިނުމަކީ މިއޮއްހާ ދުވަހު ދިވެހިރާއްޖެ އިޤުރާރުވެ ތަސްދީޤު ކޮށްފައިވާ ބައިނަލްއަޣުވާމީ މުއާހަދާތަކުން މިއަދުވެސް ރާއްޖެއަށް ލާޒިމުކަމެކެވެ. ނަމަވެސް ވެރިކަމުގެ އާރާއި ބާރާއި އިއްޒަތުގެ ދަހިވެތިކަމުގައި ރައީސް ނަޝީދު ދޫނުކޮށް ، ރައީސް ޔާމިން އެވަނީ އ.ދ އާއި ބައިނަލްއަޤުވާމީ ނިޒާމާއި ، ޤާނޫންއަސާސީގެ މަގުން އެއްކިބާވެ ، އޭގެ ގެއްލުން ދިވެހިނަށް ލިބެން ވަރިހަމަކުރައްވައިގެންނެވެ. މިކަމުގެ ސަބަބުން މެދުވެރިވަނެ ގެއްލުންތަކުގެ މައްޗަށް ދިވެހިރާއްޖެ ކުރިމަތި ކުރުވާނެ ފަދައިން ރައީސް ޔާމިން ކުރައްވާފައިވާ އަނެއްއަމަލުގެ ގޮތުގައި މި ޕާޓީ ފާހަގަ ކުރާކަމަކީ ، އިހަވަންދިއްޕޮޅު އުލިގަމާ ، އެއްގަމާއި ކަނޑާއި، ވައިގެ ހަމަލާ ދެވޭފަދަ ބަރުހަތިޔާރު ކުލީ ސިފައިގެ އަސްކަރީ ބާރަކަށް ދިވެހިރާއްޖެއިން ފުރުސަތު ދިނުގެ ނުރައްކާތެރިކަމެވެ. މިދެންނެވި ކޮންޓްރެކްޓުގެ މުއާމަލާތަކީ ރައީސް ޔާމިންގެ ސިޓީ ފުޅެއްގެ ނިވާފަތްގަނޑު މެދުވެރިކުރަށްވާ ، އެމަނިކުފާނުގެ ކެބިނެޓު މެމްބަރެއް މޯލްޓާއަށް ފޮނުއްވައިގެން ހުދު ރައީސް ޔާމިން ހިންގަވަފައިވާ ކަމެއްގެ ގޮތުގައި މިޕާޓީން ނުދެކޭންވީ ސަބަބެއް ނެތެވެ. އެހެނީ ބިމާއި ގުޅޭ ގޮތުން ޤާނޫންއަސާސީއަށް ގެނެވުނު ބަދަލުގެ ހޫނުގަނޑާއިއެކު އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމިންކުރެއްވިކަމަކީ ސިޓީފުޅެއްގެ ނިވަފަތްގަނޑު ބޭނުންކުރައްވައިގެން މޯލްޓާގައި ކުލީ ސިފައިނާއި އެކު އަސްކަރީ ބަރުހަތިޔާރުގެ މަސައްކަތް ކަމުގައި ދެކެވޭނެ ޖާގައެބައޮތް ކަމެވެ. އަދި އޭގެ ދެތިންމަސް ފާއިތުވި އިރު ކުލީސިފައިންގެ މަސައްކަތް ފެށިފައިވާކަމަށް ލިބޭ އިޝާރާތަކީ އެންމެފުރަތަމައިނުންވެސް އަދަދު ނޭނގޭ ގިނައަދަދެއްގެ ފައިސާ ޑައުންޕޭމެންޓެއްގެ ގޮތުގައި ލިބިވަޑައިގެންފައިވާ ކަމަށް ދަލީލު ކުރާކަމެވެ.

ރާއްޖެއަށް ބޭރުފައިސާ ވަންނަ އިތުރުމަގެއް ފަހިނުވެ، އަންދާޒާކުރިވަރަށްވުރެން GDP ދަށްވެފައިވާއިރުވެސް ބޭރުފައިސާގެ ގްރޮސް ރިޒާވް ރާއްޖޭގައި މަތިވެފައި ވުމަކީ ނުހަނު ފުން ސުވާލުތަކެއް އުފެދޭކަމެކެވެ.
ދުނިޔޭގެ އިރުމަށްޗާއި ހުޅނގަށް އުފުލި ބަދަލުވަމުންދާ މުދަލުގެ 80% ދައުރުވަމުންދަނީ ދިވެހިރާއްޖެ ހުރަސްކޮށްކަމަށްވާއިރު، އޭގެ ގިނަބައި އުފުލެނީ އިހަވަންދިއްޕޮޅު އުލިގަމަށް އަނގަމަތިވާގޮތަށްއޮތް ބައިނަލްއަޤުވާމީ ކަނޑުގެ ރަސްމަގު ގހުރަސްކޮށެވެ. މަސްތުވާތަކެތި ބަދަލުކުރުމާއި ، ކަޅުފައިސާގެ ބޮޑެތި އަދަދުތަކާއި ، ހަތިޔާރުގެ ވަގުވިޔަފާރިއަށް މަގުފަހިކުރާ ކުލީ ސިފައިންގެ އަސްކަރީ ހާއްޔަކަށް ދިވެހިރާއްޖެވުމުން އެކަމުގެ ނުރައްކާ ބަޔާންނުކުރެވޭހާ ބޮޑުވާނެކަމުގެއި އެމް.ޑީޕީން ދެކެމެވެ. ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސުއްވުރު އެކުގައި ބަދަލުވެ، ދިވެހި އސްކަރިއްޔާއަށާއި ޤައުމުގެ ސިޔާދަތަށް އަތުވެދާނެ ނުރައްކަލާއި އެއްވަރަށް އެކަމުގެ ނުރައްކާ އަވައްޓޭރި އިންޑިއާއަށް އޮތްކަމުގައި ދެކެންޖެހެއެވެ.

އިހަވަންދިއްޕޮޅު އުލިގަމަކީ އިންޑިއާއގެ އައްސޭރިއާއި ދާދި މަދު މޭލެއްގެ ގާތުގައިވާ ދިވެހިރާއްޖޭގެ އެންމެ އުތުރެވެ. އެތަނުގއި ދިވެހި އަސްކަރިއްޔާއާއި ނުބައްދަލު ކުލީ ސިފައިންގެ ބާރެއް ޤާއިމުވުމުގެ ނުރައްކާ އަވައްޓޭރި އިންޑިއާއަށް ކިތަންމެހާވެސް ބޮޑެވެ. އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައި އޮންނަނީ އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށެވެ. މިކަންކަމަށް ރައީސް ޔާމިން ރިއާޔަތް ނުކުރައްވާ ، އިންޑިއާއާއި އިންވެގެން ދިވެހި ރާއްޖޭގައި ބައިނަލްއަޤުވާމީ ކުލީ ސިފައިންގެ ބާރެއް އުފެއްދުމުން ، އިސްވެ ދިވެހިރާއްޖެއަށް ހަމަލާދިނުމުގެ ހައްޤު ބައިނަލް އަޤުވާމީގޮތުން އިންޑިއާއަށް ލިބިގެންވާކަމަށް ނުބެލެވޭނެ އެއްވެސް ޖާގައެއްނެތެވެ.

ވީމަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގޮވަލަނީ މިހިނދުން މިހިނދަށް ރައީސް ނަޝީދު ދޫކޮށްލުމާއިއެކު ، އިހަވަންދިއްޕޮޅު އުލިގަނމުގައި ހިނގާ އެންމެހާ ކަންތައްތަށް ދެފުށްފެންނަ ގޮތަށް ބައިނަލްއަޤުވާމީ މީޑިއާގެ ކުރިމަތީގައި ބަލާފާސްކުރުމެވެ.

23 އޮކްޓޫބަރު 2015
ބަޔާން ނެރުނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓު