މަގުމަތީގައި މުޒާހަރާ ނުކޮށް މުޒާހަރާ ކުރާނީ ކޮންތަނެއްގައިކަން މިވަނީ ނޭގުމެއްގައި

CR26hULUEAAPLab

ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ބުދަ ދުވަހުގެ ރޭ ބޭއްވި ސުލްހަވެރި އެއްވުން އެއްވެސް އިންޒަރާ ނުލާ ވަނީ ރޫޅާލައިފައެވެ.

ޗާންދަނީ މަގު ކަންމައްޗަށް އެއްވުމާ އެކު ފުލުހުން މުޒާހަރާ ރޫޅާލުމުން އެމްޑީޕީ ވަނީ މަޖީދީމަގުގައި މުޒާހަރާ ކުރިއަށްގެންގޮސައެވެ.

ސީގަލް ކަންމައްޗަށް އެއްނުވެވޭނެ ކަން ފުލުހުން އަންގާފައި ވަނިކޮށް ބުދަ ދުވަހުގެ ރޭ މުޒާހަރާގެ ބައިވެރިން އެއްވީ މާޖީދީ މަގު ޗާންދަނީ މަގު ކަންމައްޗަށެވެ. ނަމަވެސް މުޒަހަރާ ފެށުމުން އެސްއޯ ފުލުހުން ވަނީ މަގުމަތީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެ މުޒަހަރާގެ ބައިވެރިން ޕޭމެންޓަށް ޖައްސާފައެވެ. އަދި އެ ސަރައްދުގައި އެއްވެ ތިބި އެންމެން އެ ސަރައްދުން ފޮނުވާލުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފަ އެވެ. އެ ވަގުތު މުޒާހަރާގެ ބައިވެރިން މަޖީދީމަގު ޗާންދަނީ މަގު ކަންމަތީގައި ތިބި ގޮވަމުން ދިޔައީ ގާނޫނާ ހިލާފަށް އަންގާ އެންގުމަކަށް ތަބާނުވާނެ ކަމަށެވެ.

އެމްޑީޕީގެ ރައްޔިތުން މަޖިލިސް މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން ބައިވެރިވި މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލިސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފް ވަނީ ގާނޫނު އަސާސީ ރައްޔިތުންނަން ލިބިދީފައިވާ އެއްވެއުޅުމުގު މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްގު ނިގުޅުވާނުލުމަށް ފުލުހުންނަން ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދާއި ސިޔާސީ ހައްޔަރީން ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ދޫކޮށްލުމަށް ވެސް މަހްލޫފް ގޮވާލެއްވިއެވެ.