ސިޓީ ކައުންސިލް ގޯސްވީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކަށް މަގުފަހިކޮށްދިނުމަން

medium_70341

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު މުޅި ދައުލަތުގެ އެންމެހާ ބާރުތަށް އެބޭފުޅާގެ މުށްދަށަށް ޖަމާކުރެއްވުން ނޫން ކަމެށް ނުކުރަށްވާ ކަމުގައި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ރޭ
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވިދާޅުވެއްޖެއެވެ.

” މާލޭ ސިޓީ ކައުންސިލުން ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް އަޅުގަނޑުމެން ނޯންނާނެ ދަތިކޮށްފައެއް. އެބޭފުޅުންނަށް ސިޓީ ކައުންސިލް ގޯސްވީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް މަގުފަހިކޮށްދިނުމަށް ސިޓީކައުންސިލްގެ ހޯލް ކުއްޔަށް ދޭތީ” ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ ހޯލް ޕީޕީއެމްއަށް ވެސް ދޫކުރަމުން ދިޔަކަމަށާއި އޭސީސީގެ ބޭފުޅުން އައިސް އެ ކައުންސިލްގެ ކޮމްޕިއުޓަރ ސިސްޓަމް ތަކާއި އެހެނިހެން ތަކެތި ގެންގޮސްގެން ބެލުމުންވެސް އެކައުންސިލުން ގަވާއިދާ ޚިލާފަށް ކޮށްފައިވާ އެއްވެސް ކަމެއް ފެނިފައިނުވާށެވެ.