އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަކީ އަސާސީ ހައްގެއް

medium_69710

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަނަސް ވިދާޅުވީ މީހަކު ބަންދުގައި ބަހައްޓާކަމުގައި ވާނަމަ ޝަރީއަތް ވެސް ކުރަން ޖެހޭނެކަމަށެވެ. އަދި ޝަރީއަތް ކުރެވޭނެ ކޮޓަރިއެއް ނެތިގެން ޝަރީއަތް ކުރިއަށް ނުގެންދެވޭކަމުގައި ވާނަމަ ޝެއިޚް އިމްރާން ދޫކޮށްލަން ޖެހޭކަމަށްވެސް އަނަސް ވިދާޅުވިއެވެ.

އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަކީ އަސާސީ ހައްގެއް ކަމަށާއި ޝެއިޚް އިމްރާނުގެ ޝަރީއަތް ލަސްވަނީ ވަކި ކަމެއް ދަތިވެގެން ކަމަށް ބުނެ ކުރަމުންދާ ޝަކުވާ ކޯޓުން ނުކުރެވޭނެކަމަށާއި އަދި އެއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށްވެސް އަނަސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ޝަރީއަތްތަށް އަޑުއަހަން މީޑިއާގެ ބޭފުޅުންނަށް ނުވަދެވޭގޮތަށް ހުންނަ ޝަރީއަތްކުރާ ކޮޓަރިތައްވެސް ހަމަ ބޮޑެތި ޝަރީއަތްތަށް ނިންމާލާފައި ހުރިތަން. ޖާގަ ފުރިއްޖިއްޔާ މީޑިއާގެ ބޭފުޅުންނަށް ޖާގަ ނެތްކަމަށް ވިދާޅުވޭ. އެހެންވީމަ އެއްގޮތަކަށްވެސް ނުވިސްނޭ ޝަރީއަތް ކުރާނެ ކޮޓަރިއެއް ނެހެދިގެންނޭ ކިޔާފަ މީހަކު ބަންދުގައި ބަހައްޓާކަށް” އަނަސް ވިދާޅުވިއެވެ.