ރައީސް ނަޝީދާއި ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު އެމަނިކުފާނުގެ މައްސަލަ ކޯޓިގައި އޮތްއިރު ދެން ދައްކަން ޖެހޭނީ ކުރިންވެސް ދެއްކެވި ވާހަކައެވެ. ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުން ރައީސް ޔާމިންއަށް މިހާރު އެނގިވަޑައިގަންނަވާނެ ހަޤީގަތުގައި ޓެރަރިޒަމްއަކީ ކޮބައިކަން. އެމަނިކުފާނުގެ ލޯންޗްކޮޅަށް ދިން ހަމަލާ ވަރަށް ރަނގަޅަށް ތަޙްގީގް ކުރަންޖެހޭކަމަށްވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމިންއަށް ކުރިމަތިވި މިކަމަކީ ހުރިހާ ރައްޔިތުންނަށްވެސް ކުރިމަތިވި ކަމެއްކަމަށެވެ.
އދ. އިން ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާފައިވާއިރު ރާއްޖޭގެ ބަންޑާރަ ނައިބް ކޮބާތޯ ހަސަންލަތީފް އެއްސެވިއެވެ. މިކަންކަމުގައި ބަންޑާރަ ނައިބްގެ ލަފާގެ މަތިންތޯ ރައީސް ނަޝީދު ޖަލުގައި ބަހައްޓާފައި ހުންނަވަނީ މިއީ މިހާރު އުފެދޭ ސުވާލެއްކަމުގައި އެމަިކުފާނު ސުވާލު އުފެއްދެވިއެވެ.
އެމް.ޑީ.ޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތުގެ ވާހަކައަކީ ހަމައެކަނި އެމްޑީޕީން ދައްކަވމުން ދާ ވާހަކައެއް ނޫންކަމަށާއި، މިހާރު މިއީ މުޅި ދުނިޔެއިންވެސް ދައްކަވަމުން ގެންދަވާ ވާހަކައެއްކަމުގައެވެ. އެގޮތުން އެންމެ ފަހުން އދ.އިންވެސް ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާފައިވާއިރު ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ގެންދަވަނީ މުޅި ދުނިޔެއަށް މިރާއްޖެ ފަޟީހަތް ކުރަމުންކަމަށް ދެކިލައްވާކަމުގައެވެ.
ޕާޓީގެ ހަރަކާތްތައް އިތުރުކުރަންޖެހޭ މިދަޑިވަޅުގައި މުޅި ރާއްޖޭގެ މަގުމައްޗަށް ނިކުންނަން ޖެހޭކަމުގައި ވިދާޅުވަމުން ޝިފާޒް ވިދާޅުވީ ދައުލަތުގެ މުއައްސަަސާތައް ބޭނުންކޮށްގެން ޕާޓީ ބިރުގަންނަވަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ގޮވާލާފައެވެ. އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ވިދާޅުނުވާން ގޮވާލެއްވިއެވެ. ރައީސް ޔާމިންއަށް އޮތް ޗޮއިސްއަކީ މުޅި ދުނިޔެެއިން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަދިނުންކަމަށެވެ.