ހޯރަފުށީގައި ހުރި އެމްޑީޕީގެ ހަރުގޭގައި ހުޅުޖައިފިއެވެ.

mdp_logo-750x500

މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީ ހަރުގޭގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހަރުގެ ރޯކޮށްލުމުގެ ސަބަބުން އެތަން އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ.

ފުލުހުން މައުލޫމާތުދެއްވާ ގޮތުގައި ހަރުގޭގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ރޭ ދަންވަރު 1:55 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

އަލިފާނުގެ ސަބަބުން ހަރުގޭގައިވާ ހިފާގެންގުޅޭ ސަމާނަށް ގެއްލުންތަކެއް ލިބިފައިވާއިރު އަދި ލިބުނު ގެއްލުމުގެ ސާފު މައުލޫމާތެއް ނުލިބެއެވެ.