ހައުސިންގ މިނިސްޓްރީން އެމް.ޑީ.ޕީގެ ޖަލްސާތަށް ބޭއްވުމަށް ހުއްދަ އަށް އެދޭ ސިޓީތަކުގެ ޖަވަބު ނުދެނީ ކީއްވެބާ؟

އެމް.ޑީ.ޕީގެ ޖަލްސާ ބޭއްވުމަށް އާރޓިފިޝަލް ބީޗް ހޯދުމަށް އެދި 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ ((MDP/2015/0207 ގެ ޖަވާބު ލިބިފައިނުވާތީ އެސިޓީއަށް ޖަވާބެއް ދެއްވުމަށް އެދި 04 އޮކްޓޯބަރ 2015 ވަނަ ދުވަހު ((MDP/2015/0213 ވާނީ އަނެއްކާވެސް ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިދެ ސިޓީންކުރެން ސިޓީއަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވެއެވެ.

ހައުސިންގ މިނިސްޓްރީއަށް އެމް.ޑީ.ޕީގެ ފަރާތުން މާލޭގައި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބިން ހޯދުމަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމަކީ ޤާނޫނު ނަންބަރު (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދަށުން ލިބިދޭ އަސާސީ ޙައްޤަށް ސީދާ ހުރަސްއެޅުމުގެ ގޮތުން ކުރަމުންދާކަމެއް ކަމުގައި މިހާރުބެލެވިދާނެއެވެ.

އަދި ޤާނޫނު ނަންބަރު … (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ހައުސިންގ މިނިސްޓްރީން ހުއްދަ ނުދިނުމަކީ އެއްވެ އުޅުމުގެ މިނިވަންކަމަށް އޮތް ހުރަހެއް ނޫންކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެމް.ޑީ.ޕީން މާދަމާ (7 އޮކްޓޯބަރު 2015 ވަނަ ދުވަހު) 8 އޮކްޓޯބަރ 2015 ވަނަ ދުވަހު އާރޓިފިޝަލް ބީޗުގައި ޖަލްސާއެއް ބޭއްވުމަށްޓަކައި އެ ތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޖަލްސާ އިޝްތިހާރު ކުރުމަށް މަގުތަކުގައި އަޑުގަދަކުރާ ހިފައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް މާދަމާއިން ފެށިގެން ނިކުންނާނެއެވެ.