ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ)ގެ ޗެއާރޕާރސަން އަލީ ވަހީދު އަދި ނައިބު ރައީސް މުޙައްމަދު ޝިފާޒް އިނގިރޭސިވިލާތުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. އިއްޔެ އިނގިރޭސިވިލާތުގެ މެންޗަސްޓާރގައި ފެށުނު ކޮންސަރވޭޓިވް ޕާޓީގެ އަހަރީ ކޮންފަރރެންސްގައި ބައިވެރިވަމުންދާ އެމް.ޑީ.ޕީގެ ޑެލެގޭޝަންގައި ހިމެނިވަޑައިގައްނަވާ ޗެއާރޕާރސަން އަލީ ވަހީދު އާއި ނައިބު ރައީސް މުޙައްމަދު ޝިފާޒާއި މިއަދު ވަނީ
• ރޓ. އޮނަރަބަލް ގަވިން ވިލިއަމްސަން އެމް.ޕީ( ޕާރލިމެންޓްރީ ޕްރައިވެޓް ސެކްރެޓަރީ ޓު ދަ ޕްއިރަމްމިނިސްޓަރ)
• ޗާރލްސް ޓެނޮކް އެމް.އީ.ޕީ ( ޔޫރިޕިއަން ޕާރލިމެންޓް ކޮންސަރވޭޓިވް ލީޑަރ)
• ޖޯން ހޯވެލް އެމް.ޕީ( މެމްބަރ އޮފް ޕާރލިމެންޓް ފޮރ ހެންލީ)
• ސްޓުއާރޓް އެންޑްރިއު އެމް.ޕީ (މެމްބަރ އޮފް ޕާރލިމެންޓް ފޮރ ޕުޑްސީ ، ހޯރސްފޯތު އެންޑް އެއިރެބޯރޮހް)
އާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ރައީސް ނަޝީދު މިނިވަން ކުރުމަޝާއި، ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ރާއްޖޭގައި ގާއިމުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާ ކުރެވުނެވެ. އަދި އ.ދ ގެ ނިންމުމަށް ދިވެހި ސަރުކާރުން އަމަލު ކުރަން ބާރު އެޅުމަޝާއި، ގޮތްދޫނުކޮށްފިނަމަ ދެން ކުރެވިދާނެ ކަންތައް ތަކާއި ގުޅޭގޮތުންނެވެ.