އެމް.ޑީ.ޕީގެ ނައިބު ރައީސް ކޮންޒަރވެޓިވް ޕާޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް މިރޭ ފުރާވަޑައިގަންނަވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންސަރވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް މިރޭ ފުރާވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޝިފާޒްގެ އިތުރުން އެމް.ޑީ.ޕީގެ ޗެއަރޕަރސަން ޢަލީ ވަޙީދުވެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ކޮންޒަރވެޓިވް ޕާޓީ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރގައި އޮކްޓޯބަރ މަހުގެ 4 ން 7 އަށެވެވެ.

މިއަހަރުގެ އިންތިޚާބަށްފަހު ބޭއްވޭ ފުރަތަމަ ކޮންފަރެންސްގައި ކޮންޒަރވެޓިވް ޕާޓީގެ ލީޑަރ އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރައިޓް ހޮނަރަބްލް ޑޭވިޑް ކެމެރަން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕާޓީގެ ސިޔާސަތުތަކާ ގުޅޭ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި މުޙައްމަދު ޝިފާޒް އަދި ޗެއަރޕަރސަން ބައިވެރިވެވަޑަގަތުމަށްވަނީ ހަމަޖެހިފައެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖިފައެވެ.