އެމް.ޑީ.ޕީގެ ސުލްހަވެރި އެއްވުމަށް ފުލުހުންވަދެ ބާރުގެ ބޭނުން ކުރިކުރުން ބަލައިދިނުމަށް އެދި ހިއުމަންރައިޓްސް ކޮމިޝަނަށް

29 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ބޭއްވި ޞުލްޙަވެރި އެއްވުމަށް ފުލުހުން ހުރަސްއެޅިއެން ބަލައިދިނުމަށް އެދި އެމްޑީޕީން ހިއުމަންރައިޓްސް ކޮމިޝަން އަށް ސިޓީއެއް މިއަދު ފޮނުވައިފިއެވެ. ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން 28 ވަނަ ދުވަހުގެ ރޭ ގެ އެއްވުމުގެ ނޯޓިސްވަނީ ކުރިން ފުލުހުންނަށް ދެވިފައެވެ. އެ ނޯޓިސްގައި އެއްވުން ދިގުދެމިގެންދާނެކަމަށް ކަނޑައަޅާފައިވަނީ ރޭގަނޑު 9:00 ން ފެށިގެން 4 ގަޑިއިރަށްކަމަށެވެ. ނަމަވެސް، ޞުލްޙަވެރިކަމާއެކު ތިބި ރައްޔިތުން އެތަނުގައި ނުތިބެވޭނެކަމަށް ބުނެ ފުލުހުންވަނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ޤާނޫނު ނަންބަރު 2013/1 އާ ޚިލާފަށް ހުރަސްއަޅާ އެތަނުގައި ތިބި ރައްޔިތުންގެ ތެރެއިން އެކަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރޭގަނޑު 11:00 ވުމުން އެއްވުމުގައި ބޭނުންކުރަމުންދިޔަ އަޑުގަދަކުރާ ނިއްވާލުމަށް ޤާނޫނާ ޚިލާފަށް ދިޔައީ އަމުރުކުރަމުންނެވެ.