ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފި

CPC-lSCU8AAOJTm

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިސްނަގައިގެން ރޭ ހަރުގޭގައި ބައިނަލްއަޤްވާމީ ގޮތުން ދިވެހި ރާއްޖެއަށް ކުރިމަތިވަމުންދާ ފިއްތުންތަކާއިބެހޭ ގޮތުން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

މި ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދެއްވީ އެމް.ޑީ.ޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އަބްދުﷲ ޝާހިދު، އެމް.ޑީ.ޕީގެ ސްޕޯކްސްޕާރސަން އިމްތިޔާޒް ފަހުމީ އަދި ރައީސް މުޙައމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމް މެމްބަރު ޑރ.ހަސަން ލަތީފްއެވެ.

މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލި މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ރާއްޖެއަށް މިހާރު އޮތް ފިއްތުންތަކަކީ ކޮބައިކަން އަންގައިދީ ރައްޔިތުންގެ ހިތްތަކުގައިވާ ސުވާލުތަށް އޮޅުންފިލުވައިދިނުމެވެ. ރޭގެ ޕެނަލް ޑިސްކަޝަންގައިވެސް އާންމު ރައްޔިތުންގެ ފަރާތުން ސުވާލު ކުރުމަށް ވަނީ ފުރުސަތު ދެވިފައެވެ.