ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ށ.އަތޮޅުގެ ކައުންސިލަރުންނަށް ފޯން ކޮންފަރރެންސް މެދުވެރިކޮށް މިއަދު ގުޅައި ރައްޔިތުންނާއި ރަށްރަށުގެ ހާލަތު އޮޅުންފިލުވައިފިއެވެ.
މިއަދުގެ ފޯން ކޮންފަރރެންސްގައި ޕާޓީގެ ފަރާތުން ބައިވެރިވެލެއްވީ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމެވެ. މި ބައްދަލުކޮށްލެއްވުމުގައި އެކި ރައްރަށުގައި މިހާރު ހިނގަމުންދާ ކަންކަމާއި ރަށަށް ބޭނުންވެފައިވާ ކަންކަންވެސް އޮޅުން ފިލުވާހަދާފައިވެއެވެ.
މުޅި ރާއްޖެ ޝާމިލުވާ ގޮތެއްގައި އެމް.ޑީ.ޕީގެ ހަރަކާތްތަށް ހިންގުމަށް ރޭވިފައިވާ މިދަނޑިވަޅުގައި ގިނަ ރަށްރަށުގެ ނުހަނު ބޮޑު ތާއީދު ލިބެމުންދާކަން ފާހަގަކުރެވެއެވެ.