އަންހެނުންގެ ރޫހުގެ ފަރާތުން ރޭ ބޭއްވި ބައްދަލުވުމަށް ހޫނު ތަރުހީބެއް

CO_5H8wUkAAAULD

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން ރޭ ސޯލްޓް ކެފޭ ގައި ބޭއްވުނު ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވެ ހިޔާލު ބަދަލުކުރައްވައިފިއެވެ.

ރޭގެ މި ބައްދަލުވުމުގައި އަންހެނުންގެ ރޫހުގެ އިސްކޮށް ހަރަކާތްތެރިވާ ހުރިހާ އަންހެން ކަނބަލުންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ އާއި ކުރީގެ އެކި އެކި ރެލީތަކުން ފެންނަ ބައިވެރިން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމގެ މައިގަނޑު ބޭނުމަކީ މިހާރު އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހު އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖޭން ބޭރުގެ އެކި އެކި ޤައުމުތަކުގެ އަންހެނުންގެ ޖަމުއްޔާ ޖަމާއަތްތައް ހިނގާގޮތް އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުން ދިރާސާ ކުރުމަށްފަހު އޮނިގަނޑަށް ގެންނަމުންދާ އިސްލާހާއި ބެހޭ ގޮތުން ވީހާވެސް ގިން ކަނބަލުންނާއި ވާހަކަ ދައްކާ ހިޔާލުބަދަލުކޮށް މައުލޫމާތު ދިނުމެވެ.