އާންމު ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ގޮތުން ލީޑާރޝިޕްގެ ފަރާތުން ރޭ ބައްދަލުވުމެއް ބާއްވައިފި

CO4eyHMUEAAICj4

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ރޭ އާންމު ރައްޔިތުންގެ ޙިޔާލު ހޯދުމުގެ ބޭނުމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ. ރޭގެ މި ބައްދަލުވުމުގައި އާންމު ގިނަ ރައްޔިތުންތަކެއް ވަނީ ޕާޓީގެ ލީޑާރޝިޕްއާއިއެކު މިނިވަން މާހައުލެއްގައި އަމިއްލަ ޝުއޫރު ފާޅުކޮށްފައެވެ.

އާންމު ގިނަ ރައްޔިތުންގެ ހިޔާލު ހުރީ ޕާޓީގެ ހަރަކާތްތައް އާ ހިއްވަރެއްގައި ފަށައި މުޅި ރާއްޖެއަށް ފުޅާކުރުމުގެ މައްޗަށެވެ. އަދި ގިނަ އާންމު މެމްބަރުން ވަނީ ހަރަކާތްތަކުގައި ވޮލުންޓަރީކޮށް މަސައްކަތް ކުރުމަށްވެސް ތައްޔާރަށް ތިބިކަން ފާޅުކޮށްފައެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މައިގަނޑު އަސާސް ބިނާވެފައިވަނީ އާންމު ރައްޔިތުންގެ މައްޗަށެވެ. އެހެންކަމުން ޕާޓީގެ މުހިންމު ނިންމުންތަކުގައި ޕާޓީގެ އާންމު މެމްބަރުންގެ ޙިޔާލު ހޯދުމަކީ މީގެ ކުރިންވެސް ޕާޓީގެ ފަރާތުން އާންމުގޮތެއްގައި ކުރަމުންއަންނަ މުހިންމު ކަމެކެވެ.