ރާއްޖޭގައި ފަނޑިޔާރުގެތަށް ޒިންމާދާރުކުރުވާ އިންސާފުވެރި ޝަރީއަތެއް ހުރިހާ ރައްޔިތުންނަށް ހޯދައި ދިނުމާބެހެގޮތުން އެމްނެސްޓީން ޕެނަލް ޑިސްކަޝަންއެއް ބާއްވަނީ.

CO2N0YaVAAAvsoC

އެމްނެސްޓީ އިންޓާރނޭޝަނަލްއިން އިސްނަގައިގެން ރާއްޖޭގެ ފަނޑިޔާރުގެ އަށް ވަންނަ އެކި އެކި މައްސަލަތަކަށް އިންސާފުވެރި ހައްލެއް ނުލިބޭ މައްސަލައިގައި ފަނޑިޔާރުގެ މިހާރަށްވުރެން ޒިންމާދާރުކަންމަތީ ހިންގުމަށާއި ފަނޑިޔާރުގޭގައި ހުރި މައްސަލަތަށް ދެނެގަތުމަށް ބާއްވާ ޕެނެލް ޑިސްކަޝަންއެއް 17 ސެޕްޓެމްބަރު ގައި އޮންނާނެއެވެ.

މި ޕެނަލް ޑިސްކަޝަންގައި އިތުރަށް އަލިއަޅުވަލާނީ އިންސާފުވެރި ޝަރީއަތެއް ކޮންމެ ފަރުދަކަށްވެސް ލިބޭނެ ގޮތުގެ މަށްޗަށްށެވެ. ރާއްޖޭގައި މި ފަހަކަށްއަސް ހިންގަމުންދާ ގިނަ ޝަރީއަތްތަކުގައި ބޮޑެތި ފުށުއެރުންތަށް ހުންނަކަމަށް ގިނަ ބަޔަކުދެކެއެވެ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެލެއްވުމުގެ ދައުވަތު ދީފައިވާ ފާހަގަކޮށްލެވޭ ބޭފުޅުންނަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އަދި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ޖެނީވާގައި ހުންނަވާ އދ ގެ މަންދޫބް ޕީޓާރ ސްޕިލްންޓަރއެވެ. މި ޕެނަލް ޑިސްކަޝަންގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލިޒިނީ ވެސް ބައިވެރިވެލައްވައެވެ.