އެމް.ޑީ.ޕީން އެތައް ހާސް ރައްޔިތުންނަކާއި އެކު މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށްފި

g

އެމްޑީޕީން އާޓިފިޝަލް ބީޗު ކުރިމަތީން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި މިޒާހަރާގައި އެމް.ޑީ.ޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.މީގެ އިތުރުން މި ސަރުކާރުން މިހާރު ސިޔާސީ ހައްޔަރީންނަށް ކުރަމުންގެންދާ ދައުވާތަށް ހުއްޓާލާ ޤާނޫނަށް ބޯލެބުމަށްވެސް ގޮވާލާފައިވެއެވެ.

ނަމަވެސް އެމްޑީޕީގެ ސުލްހަވެރި މުޒާހަރާ ދަރުބާރުގެއާއި ހަމައިން ފުލުހުންވަނީ ހުއްޓުވާފައެވެ. މުޒާހަރާ އެމަގުން ދިއުމަށް ފުލުހުން ހުރަސް އަޅާފައިވަނީ ރައީސް ޔާމީން 2018 އަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ލީޑަރުން ތައްޔާރު ކުރުމުގެ މަހާސިންތާ ދަރުބާރުގޭގައި ކުރިއަށްދާތީކަމަށް ބުނެއެވެ.